Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު: ސްޓެލްކޯ

މާލޭ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު: ސްޓެލްކޯ

މާލޭ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މުޅި މާލެއަށް މިހާރު ވަނީ ކަރަންޓު އަލުން ދެވިފައި ކަމަށާއި ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

"މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށް ޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ" ސްޓެލްކޯއިން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/STELCOMALDIVES/status/1417772542840819712?s=20

އެ ކުންފުނިން މަސައްކަތް ކުރަނީ ގްރޭޓާ މާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީ އެންމެ އަވަހަކަށް ނިންމުމަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތް ނަމަ، އެކަމެއް މީޑިއާއާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް  އެ ކުންފުނިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް