Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގެނބުނު އަންހެނަކު ސަލާމަތްކޮށް، ފަރުވާ ދީފި

ގެނބުނު އަންހެނަކު ސަލާމަތްކޮށް، ފަރުވާ ދީފި

ޅ. އަތޮޅު ފަޅުރަށަކަށް މޫދަށް އެރެން ގޮސް އުޅުނިކޮށް ގެނބުނު އަންހެނަކު ސަލާމަތްކޮށް ފަރުވާ ދީފިއެވެ.

އެއަތޮޅު ހޮސްޕިޓަލު މެނޭޖަރ ޖައުފަރު އަބްދުﷲ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޅ. ވައްވަރު ކައިރިއަށް ދަތުރު ގޮސް އުޅުނު ޒުވާނުންތަކެއްގެ ތެރެއިން އެކަކު ގެނބިގެން މިއަދު މެންދުރު 1:00ގައި އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

"އުމުރުން 28 އަހަރުގެ އަންހެން ކުއްޖެއް ގެނބިގެން ގެނައީ. މިހާރު އޭނާގެ ހާލު ވަރަށް ރަނގަޅު، ވަރަށް ސްޓޭބަލް. އަޅުގަނޑުމެންގެ ޑޮކްޓަރުން ވަރަށް ގާތުން ބަލަމުން އަންނަނީ" ޖައުފަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޖައުފަރު އިތުރަށް ވިދާޅުވީ، ގެނބުނު އަންހެން މީހާ ސަލާމަތް ކުރުމަށް ފަހު، ހާލު ރަނގަޅު ނަމަވެސް މިވަގުތު އޮތީ އޮންޒަވޭޝަންގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ދަތުރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް