މައުމޫންގެ ވެރިކަމުގައި ޖަލުގައި ބައްޕައަށް ވަރަށް އަނިޔާ ކުރި: އަމްރު

ޖަލުގައި އަނިޔާ ކުރުމަކީ ގަބޫލުކުރާކަމެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެއް ކަމަށާއި މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނަށް ތާއީދު ނުކުރުމުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުގެ ބައްޕަ ޖަލަށް ލައި ބޮޑެތި އަނިޔާތަކެއް ދިންކަމުގައި އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީން ގެނެސްދެއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ އަނިިޔާތައް ދެމުންދާ ވާހަކައަކީ އެމަނިކުފާނުގެ ދައުރުގައި ވެސް އިވޭ ވާހަކައެއް ކަމަށާއި އެހެން ނަމަވެސް ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދިނުމަކީ ގަބޫލުުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ބަޑި ޖެހީ އެ މަނިކުފާނުގެ އޯޑަރަށް ނޫންކަމަށް ވެސް މި ފްރޮގްރާމްގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އޭނާގެ ބައްޕާފުޅު ވެސް ޖަލަށް ލައި ބޮޑެތި އަނިޔާތަކެއް ދީފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ. ހަމައެހެންމެ ޖަލުތަކުގައި އަނިޔާ ނުކުރާކަމަށް މައުމޫން ވިދާޅުވި ނަމަވެސް އަނިޔާ ކުރިކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށާއި އަމްރުގެ ބައްޕާފުޅު ޖަލަށް ލައި އަނިޔާ ކުރެއްވީ މައުމޫނުގެ ނަން ނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރޭގައި މަސައްކަތް ކުރުމުން ކަމަށެވެ.






ކޮމެންޓް