ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފި
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ޕާކިން ޒޯނެއް ހަދައިފިއެވެ.
ވިލިމާލޭ ރައްޔިތުންނަށް ހާއްސަ މިޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދަށް ހާއްސަކޮށްގެން 20 ޖާގަ ހަދާފައިވެއެވެ. މި ޕާކިން ޒޯން އޮންނަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައެވެ.
މާލޭ ސިޓީ ކަައުންސިލުން ވިދާޅުވި ގޮތުގައި ހަތަރު ފުރޮޅުލީ އުޅަނދަށް ހާއްސަކޮށްގެން ހަދާފައިވާ 20 ޖާގައިގެ ތެރެއިން 15 ޖާގަ ވިލިމާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު އަނެއް 5 ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ 4 ފުރޮޅުލީ އުޅަނދު ތަކަށެވެ.
އަލަށް ތަރައްގީ ކުރި މި ޕާކިންޒޯނުގައި ވެހިކަލް ޕާކް ކުރުމަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މިޒޯނުގައި ޕާކް ކުރާ ފަރާތްތަކުން ރަޖިސްޓްރީވާން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށާއި ޒޯން ޚާއްޞަ ކުރެވިފައި ވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށް ކަމަށެވެ.
މި ޕާކިން ޒޯނުން ޖާގަ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާނީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބަޔަށެވެ. މިކަމަށް އެދި ހުށަހަޅާއިރު އައި.ޑީ.ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްގެ އިތުރުން ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.