Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުމުރުން 26 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނުނީ ހުޅުމާލެއިން!

އުމުރުން 26 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނުނީ ހުޅުމާލެއިން!

އުމުރުން 26 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން އިއުލާނު ކޮށްފިއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އދ. ކުނބުރުދޫއަށް އުފަން އަހުމަދު ނައުފަލްއެވެ.

"ދެން"އަށް މައުލޫމާތު ދެމުން ނައުފަލްގެ ކޮއްކޮ ބުނީ އޭނާ ގެއްލިގެން ހޯދާތާ މިއަދަށް މިހާރު ތިން ދުވަސް ވެފައިވާ ކަމަށާއި އެންމެ ފަހުން ނައުފަލްއާ ފޯނުން ގުޅިފައި ވަނީ މި މަހުގެ 26ވަނަ ދުވަހު ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އޭގެ ފަހުން ނުއެއް ގުޅޭ. ދެން 27ގެ ފަހުން އޭނަގެ ފޯނު އޮތީ ނިއްވައިލަައިފަ. އެންމެ ފަހުން ހުރީ ހުޅުމާލޭގައި" ނައުފަލްގެ ކޮއްކޮ ބުނެފައިވެއެވެ.

ނައުފަލްގެ އާއިލާގެ ފަރާތުން "ދެން"އަށް މައުލޫމާތު ދެމުން އޭނާގެ ދައްތަ ބުނީ، ނައުފަލް އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލޭ ނިރޮޅުމަގު 21އަށް ވަންނަނިކޮށް ކަމަށެވެ. އެއީ މި މަހުގެ 26ވަނަ ދުވަހުގައެވެ.

"އޭނަ މަސައްކަތް ކުރަނީ ކަންނެލި ދޯންޏެއްގައި. އެނގިފައިވާ ގޮތުގައި އެދުވަހު ހުޅުމާލެއަށް ފޭބީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާލަން. އެންމެ ފަހުން އޮންލައިންވީ 27ގައި، އޭގެ ފަހުން އެއްގޮތަކަށް ވެސް ޚަބަރެއް ނުވޭ" ނައުފަލްގެ ދައްތަ ބުންޏެވެ.

ނައުފަލު ގެއްލިގެން އިއްޔެ ފުލުހަށް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އާއިލާގެ ފަރާތުން އެދިފައި ވަނީ، ނައުފަލްގެ އެއްވެސް ޚަބަރެއް ލިބިފައިވާ ނަމަ، ވީ އެންމެ އަވަހަށް 9677524 ނަންބަރު ފޯނާއި ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށެވެ. އަދި ނައުފަލު ހޯދުމަށް އެހީތެރިވެދިނުމަށް އެދި އާއިލާގެ ފަރާތުން ވަނީ މީސްމީޑިއާގައި ޕޯސްޓެއް ވެސް ހިއްސާ ކޮށްފައެވެ.

ނައުފަލް ގެއްލިގެން ހޯދަން ރިޕޯޓު ކޮށްފައިވާކަން ފުލުހުން ވެސް ވަނީ "ދެން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް