ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. ހިތަދޫ އަންހެން މީހާ ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ، ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އެވެ. އޭނާ ގެއްލިގެން ހޯދަމުންދިޔައީ ނޮވެމްބަރު 19 ވަނަ ދުވަހު އޭނާގެ ޢާއިލާއިން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.
އޭނާ ފެނިފައިވަނީ މިރޭ 22:30 އެހައިކަންހާއިރު މާލެއިން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވީ ނޮވެމްބަރު 16 ވަނަ ދުވަހު ވިސާމާ މާލެ ގޮސްފައިވާ ކަމަށާއި އެންމެ ފަހުން އޭނާގެ ހަބަރެއް ވެފައިވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފޯނުން ކަމަށެވެ.