ޚަބަރު

ފުލުހުންގެ މަރުކަޒުތައް ހަދަން ވަޒީފާ ގެއްލިފައި ތިބި އިންޑިއާގެ 600 މީހުން ރާއްޖެއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، ފުލުހުންގެ މަޝްރޫއު ހިންގުމަށް އިންޑިއާއިން 600އެއްހާ މީހުން ރާއްޖެ އަންނާނެ ކަމަށް އިންޑިއާގެ ނޫހަކަށް ރިޕޯޓް ކޮށްފިއެވެ.

Ads by STELCO

މިދިޔަ މަހު އިންޑިއާގެ ކުންފުންޏަކާ އެކު ދިވެހި ފުލުހުން ހެދި 48 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން، 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓާއި، 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތުގެ އިތުރުން ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއެއް އިމާރާތް ކުރާނެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ޗެއާމަން ބްޕޭޝް ނާޖަރާޖަން އިންޑިއާގެ ނޫހެއް ކަމަށްވާ، "ދަ އިންޑިއަން ޕެނެރޯމާ"އަށް ވިދާޅުވީ، ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް އިންޑިއާއިން 500 މަސައްކަތުގެ މީހުންނާއި 100 އިންޖިނިއަރުން ބޭނުން ވާނެ ކަމަށެވެ. އަދި އެ މީހުން ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޓަމިލްނާޑުން ކަމަށާއި ނެގުމަށް ނިންމައިފައި ވަނީ ކޮވިޑް-19ގެ ސަބަބުން މެދުއިރުމަތިން ވަޒީފާ ގެއްލިގެން އަނބުރާ އިންޑިއާއަށް ގޮސްފައިވާ މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް މީހުން ގެނައުމަށް ޚާއްސަ ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖެއަށް ގެންދާނީ ވެކްސިން ފުރިހަމަކޮށްފައިވާ މަސައްކަތު މީހުން ކަމަށެވެ. އަދި މިހާރު މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ވިސާގެ ކަންކަން ނިމުމުން އެ މީހުން އަންނާނެ ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ، 61 އިމާރާތާއި އިތުރު އިމާރާތްތަކުގެ މަރާމާތުގެ ހުރިހާ މަސައްކަތެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި ދިވެހި ފުލުހުންނާ ހަވާލުކުރަން ޖެހެއެވެ. މިމަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމަށް ހަމަޖެހިފައި ވަނީ ޓަމިލްނާޑުންނެވެ.

ބިޑް ކުރުމަކާ ނުލައި އިންޑިއާގެ ކުންފުންޏަކަށް ދިން މި މަޝްރޫއުއަށް ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ ލޯނުގެ ގޮތުގައި ދޭ ގޮތަކަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

Ads by Allied Insurance
  1. ޖާނޭ

    ތަންފުކެއް ބޮޑުވަރު. ފަސާދައިން ފޯވެ، ކަޅިވެފައި. މިރާއްޖޭގެ މީހުނަށް ވަޒީފާދީ ނިމުނީތޯ؟ ނޫނީ މިއީ އިންޑިއާގެ ސްޓޭޓެއްތޯ؟ ސިއްކިމް ދިރުވާލި ގޮތަށް އިންޑިއާއަށް ދެނީ؟ ތިހާ ގިނަމީހުން އަޅުކަން ކުރާނެ ފައްޅިއެއްވެސް އަޅަން ޖެހޭނެ ނޫންތޯ؟ ތިކަމުގެ މުގުލުގައި ހުރީ ކިރުކަކުނި ހަމީދަކީ އެމް.ޑީ. ޢެން ރިޕޯރޓް ނެރުނު ކަލޭގެ. ތިޔަކަމުގެ މަޤުޞަދު ވަރަށް ސާފު.

  2. ޏާމޫ

    ހޮސްޕިޓަލާ ބުރިޖު އެޅީ ވަޒީފާ ގެއްލިފަ ތިބި ދިވެހިންބާ

  3. ޙުއްބުލްވަޠަން

    މި ރާއްޖޭގައިވެސް ވަޒީފާނެތް އެތައްބަޔަކު އެބަތިބި. ދިވެހީންގެ ބިމުގައި ދިވެހީން ބިކަވެ ޙާލުގައިޖެހޭތަން މިފެންނަނީ.