ސިޔާސީ

މަޙްލޫފްގެ އިންޒާރެއް : ދަޢުވާކޮށްފި ނަމަ އެމްއެންޕީއާރުސީ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާއެއް ނުކުރެވޭނެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ޓީއޯވީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފްގެ މައްސަލަ ކޯޓަށް ހުށަހަޅައި އޭނާގެ މައްޗަށް ދަޢުވާކޮށްފި ނަމަ އެމްއެންޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ވަރުގެ ކޭސްއަކަށް އެ ކޭސް ވެގެންދާނެ ކަމަށް މަޙްލޫފް އިންޒާރެއް ދެއްވައިފިއެވެ.

Ads by MWSC

މަޙްލޫފްގެ މައްސަލަ ޕީޖީގައި އޮވެ، މައްސަލަައިގައި ގޮތެއް ނުނިންމަނީ ކީއްވެތޯ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"އިން ގެނެސްދިން ޕްރޮގްރާމެއްގައި ސުވާލު ކުރުމުން، މަޙްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށާއި ދަޢުވާ ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ދަޢުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، މިނިސްޓަރު ކަމުގެ މަޤާމުގެ ދަހިވެތި ކަމުގައި ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، ޕީޖީގެ މަސައްކަތަކީ މައްސަލަ ފޮނުވުުން، އެ މައްސަލައިގައި ދައުވާ ކުރެވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ، "މަތިން އެއްޗެއް ވެއްޓޭތޯ، ކަނޑު އަޑިން ހެއްކެއް ލިބޭތޯ" ޕީޖީއިން މަޑުކޮށްގެން ތިބި މަންޒަރު ކަމަށެވެ. އަދި މަޙްލޫފް މައްޗަށް ސަރުކާރުން ދަޢުވާ ކުރަން ފޮނުވައިފި ނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށާއި އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ އެމްއެންޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ކަމަށް ބުނެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

"ހަތް ދުވަހެއް ނޫން. އެއް ދުވަހުން ކޭސް ނިމޭނެ ކަހަލަ މައްސަލައެއް މިއީ. މިއަދު ވެސް އަޅުގަނޑު މިދަންނަވަނީ މިމައްސަލަ ބަލާލާފައި ދަޢުވާ ކުރަންޏާ ކުރަންވީ، ނުކުރަންޏާ ނުކުރަންވީ. ކޯޓަށް މިމައްސަލަ ފޮނުވައިފިނަމަ ދައުލަތް އޮރިޔާމުން ހިނގާފައި ނިކުންނަން ޖެހޭނެ ދުވަހަކަށް ވާނެ. އަދި އެމްއެންޕީއާރސީގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ކޭސްއަކަށް ވެގެންދާނެ" މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތްޕުޅުގައި އޮތް ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި ހުރި މަޢުލޫމާތު ބޭރުކޮށްލީމަ، ބައެއް މީހުން މަގުމަތީގައި ހިނގަން ލަދު ގަންނާނެ. އެވަރުގެ މަޢުލޫމާތު އަޅުގަނޑުގެ އަތުގައި އެބަހުރި." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފްގެ މައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަރަށް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، މަޙްލޫފްގެ މައްސަލައިގައި އޭނާގެ ފަރާތުން ރައީސް ޞާލިޙަށް ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގައިވާ ކަންތައް ބައްލަވާ އެ މަނިކުފާނަށް ފެންނަ އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ވިދާޅުވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން މަޙްލޫފް މައްސަލަ އަވަސްކޮށްދެއްވަން ޕީޖީގައި ރައީސް ޞާލިހް ވަނީ އެދިވަޑައިގެންފައެވެ.

މަޙްލޫފް ވަނީ މިރޭގެ ޕްރޮގްރާމްގައި އޭނާގެ މައްޗަށް އުފުލައިފައިވާ މައްސަލައާ ބެހޭ ގޮތުން ގިނަ ވާހަކަފުޅު ތަކެއް ދައްކަވައިފައެވެ. އަދި ވިދާޅުވީ، ދަޢުވާ ނުކުރިޔަސް ދެން މިނިސްޓަރު ކަމަށް އަނބުރާ ވަޑައިގަންނަވާއިރު، ވަޑައިގަންނަވާނީ އުފަލުން ނޫން ކަމަށެވެ.

"އަޅުގަނޑަށް ދަޢުވާ ނުކުރިކަމުގައި ވިޔަސް އަޅުގަނޑު ވަރަށް ހިތްހަމަ ޖެހިގެން، އުފަލުން ވަންނަ މީހެއްގެ ގޮތުގައެއް ނޫން އިނގޭތޯ އަޅުގަނޑު އޮފީހަށް ގޮސް ވަންނާނީ. މިކަންތައް މާ ހަޑިއެއް ކޮށްފިއޭ." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފްގެ މައްޗަށް އުފުލާފައިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ވިދާޅުވެދެއްވަމުން މަހުލޫފް ވިދާޅުވީ ކޮމިޝަނުން އެ ބުނާ ދަތުރަކީ އޭނާ ވަރަށް ހަނދާން ހުންނަ ދަތުރެއް ކަމަށާއި އެ ދަތުރަކީ އޭނާގެ ދަރިފުޅު ވަރަށް ކުޑައިރު އެނދުން ވެއްޓިގެން ކުރި ދަތުރެއް ކަމަށެވެ. އަދި އޭނާ އެ ދަތުރަށް ފުރުމުގެ ކުރިން މަޖިލީހުގެ އޭރުގެ ރައީސް މަސީހަށް ގުޅުއްވައި ވޯޓު ނަގަން ހަމަޖެހިފައި އޮތް ބިލެއް އޮތްތޯ ވެސް އެހި ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށް، އެ ވޯޓު ނެގުމަށް ހަމަޖެހުމުން، "ތިމަންނާ އައީ ބިޒްނަސް ކްލާހުގެ ޓިކެޓު ނަގައިގެން ކަމަށާއި، ބިޒިނަސް ކްލާހުން ޓިކެޓު ނަގައިދިނީމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނިން" ކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަތުރަށް އޭނާއަށް ޕާޓީއިން ލިބުނުހާ ވެސް އެއްޗަކީ ބިޒިނަސް ކްލާހުގެ ޓިކެޓް ކަމަށެވެ.

Ads by HDC
  1. ނޫން މަހްލޫފް. ކަލެޔަށް ވުރެ މާ ގަދަފުވެރި މީހަކަށް އެހެރީ ހަމަ ތިކޭަސް ގަ ދައުވާ ކޮއް ނުހައްގުން ޖަލަށް ލާފަ. ޢެހެންވީމަ ކަލޭ ތިބުނާ ބީދައިން ނަމަ ކަލެޔާ ލިސްޓް ގަ ބާކީ ތިބި އެންމެން ޖަލާށް ހުކުމް ކުރެވެން ޖެހޭނެ

  2. ހަނާ

    މަހުފޫޅު އަށް ދުނިޔެމަތީގަ ކިހާބޮޑު ލަދެއް ގަންނަންތިޖެހުނީ ކަލޭވަރުމީހެއްނެތިގެން ގިރުއާން ކޮޅައްޖަހައިގެން އުޅެވިއްޖެ އެއްނު

  3. މަރުތެޔޮ

    ޖާބިރު އުޅޭގޮތައް އުޅެންވީނު މަހޭ…

  4. ޢާދަނު

    ފާޑެއްގެ ބިރެއް ދައްކަނީ . ބިރުން ތުރުތުރު އަޅާ އެބަ . ޢަތުގަ އެއްޗެއް ނުވެސް ނެތް. ޢޮތްނަމަ މިހާރު ފެންނަން އޮތީސް. ޢޮތް ނަމަތާ ރިހަ ކެކޭނީވެސް. ނަމަ ނަމަ އަކު ރިހައެއް ނުކެކޭނެ.