އަފްގާނިސްތާނުގެ ދިދައަށް އައިސްފައިވާ ބަދަލުތައް؛ މިފަަހަރު ޝަހާދަތުގެ ދެ ކަލިމަ!

ތާލިބާނުންގެ އަތް ދަށަށް އަފްގާނިސްތާނު ގެނެސް ތާލިބާނުގެ ބާރު ހާމަ ކުރުމުން އެ ޖަމާއަތުން ކޮށްފައި ވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ އެ ޤައުމުންގެ ނަން، އިސްލާމިކް އެމިރޭޓްސް އޮފް އަފްގާނިސްތާނަށް ބަދަލު ކުރުމާއި ޤައުމުގެ ދިދަ ބަދަލު ކުރުމެވެ.
ތާލިބާނުގެ ކޮންޓްރޯލްގެ ދަށުގައި އޮތް އަފްގާނިސްތާނުގެ މިހާރު ދިދައިގެ ގޮތުގައި ބޭނުން ކުރަނީ ހުދު ކުލައިގެ ފޮތި ގަނޑެއްގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ޑިޒައިނެކެެވެ. މީގެ 100 ވަރަކަށް އަހަރު ކުރިން އިނގެރޭސިންގެ އިސްތިއުމާރުން ޤައުމު މިނިވަން ވުމަށް ފަހު އަފްގާނިސްތާނުގެ ދިދަ 18 ފަހަރެއްގެ މަތިން ވަނީ ބަދަލުކޮށްފައެވެ.
ތިރީގައި އެވަނީ އަފްގާނިސްތާނުގެ ދިދައަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލީ ފޮޓޯތަކެކެވެ. މިއީ އަލް-ޖަޒީރާއިން ހަދައިފައިވާ ފޮޓޯތަކެކެވެ.




