ދުނިޔެ

ފަލަސްތީނުގެ 4000 ކުދިން ތައުލީމުން މަހްރޫމްވެފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފަލަސްތީނުގެ 4000 ކުދިން ތައުލީމުން މަހްރޫމްވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ މިހާ ގިނަ އަދަދެއްގެ ކުދިން ތައުލީމުން މަހްރޫމްވެފައިވާއިރު އެ ކުދިންް އަނބުރާ ސުކޫލުތަކަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ނެތްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އިޒްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސުކޫލެއް ބިމާ ހަމަވެފައިވާއިރު އެކަށީގެންވާ ތައުލީމު ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ފަލަސްތީނުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މި އޯގަސްޓުމަހުގެ 16 ވަނަ ދުވަހުގައެވެ.

ފަލަސްތީނުގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ(ޔޫ އެން އާރު ޑަބްލިޔު އޭ)އިން ޖުމްލަ 278 ސުކޫލު ހިންގާއިރު އެސުކޫލުތަކުގައި ކިޔަވައި ދިނުމަށް 10ހާހާ ގާތް ކުރާ އަދަދަކަށް ޓީޗަރުން ތިބެއެވެ. އަދި މިސުކޫލުތަކުގައި 290،000އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ. މިސުކޫލުތަކަކީ ވަސީލަތްތައް މަދު ސުކޫލުތަކަށް ވާތީ މި ސުކޫލުތަކުގައި 2 ނުވަތަ 3 ދަންފަޅިއަށް ވެސް ކިޔަވައި ދެއެވެ.

އިޒްްރާއީލުން އެންމެފަހުން ފަލަސްތީނަށް ދިން ހަމަލާތަކުގައި އެގައުމުގެ 51 ސުކޫލެއް ވަނީ ހަލާކު ކޮށްލައިފައެވެ. މީގެ ތެރޭގައި ޔޫ އެން އާރު ޑަބްލިޔު އޭއިން ހިންގާ 48 ސުކޫލެއް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!