ސަރުކާރު

މާލޭގެ ބްލޮކްވެރިން ހޮވުން އޮކްޓޯބަރު މަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލެސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: އަވަސް

މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލާ އެކު މަސައްކަތް ކުރުމަށް ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އޮކްޓޫބަރު ބާއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ

Ads by STELCO

އެ ކައުންސިލުން މިއަދު ނިންމީ މާލޭގެ ބްލޮކްވެރިން ހޮވުމަށް ބާއްވާ އިންތިހާބު އޮކްޓޯބަރު މަހުގެ 30ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށެވެ.

ބްލޮކްވެރިންގެ އިންތިހާބު މި އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ޓަކައި މިހާރު ވަނީ މި އޮގަސްޓް މަހުގެ 12ވަނަ ދުވަހުން ފެށިގެން ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައެވެ.

އެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މާލެސިޓީގެ ބްލޮކްވެރިޔާކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށް ވުން ހިމެނެއެވެ. އަދި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި ތަހުގީގު މަރުހަލާގައި އެ މީހެއްގެ މައްސަލަ ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ ތިން އަހަރުވެފައިވުމާ އިންތިހާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!