މަގުތައް ހުޅުވުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: މާލެ ސިޓީ ކައުންސިލު
ސްޓެލްކޯ ހެޑް އޮފީސް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ އެ ތަންތަން ހުޅުވަން ގާނޫނީގޮތުން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުޢިއްޒު ވިދާޅުވީ، އެކި މަސައްކަތްތަކަށް ބަންދުކޮށްފައިވާ މަގުތައް ހުޅުވައިދިނުމަށް މި މަހުގެ 8 ވަނަ ދުވަހު ސްޓެލްކޯއަށް އަންގައި އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތަންތަން ހުޅުވައިފި ނަމަ މާލެއަށް ކަރަންޓު ދިނުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވިޔަސް އެއީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"އެ ގޯޅިތައް ދިނީކީ ޖަނަރޭޓަރު ބަހައްޓާކަށް ނޫން. އަދި އެތަންތަން ދާއިމީކޮށް ބަންދުކުރާކަށް ނޫން. އޭރުގައި އެދުނު ބައެއް ކަންކަމަށް ވަގުތީގޮތުން ދިން ގޯޅިތަކެއް ނުވަތަ މަގުތަކެއް އެއީ. ނަމަވެސް އެ ތަންތަން ދާއިމީކޮށް ހިފައި، ބަންދުކޮށްފައި ހުރި ހުރުން އެއީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ގޯޅިތައް ހުޅުވުމަށް ޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ކައުންސިލުން ނިންމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓަށް ދިއުން ވެސް ހިމެނޭ ކަމަށާއި ގޯޅިތަކާއި މަގުތައް ހުޅުވުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނިންމައިފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މުއީޒުު ތެދުވެރިއްޔާާ މަގުތައްް ހުސްކުރާމެެ ސްޓެލްކޯޯ ވޯޓާސަޕުލައިި ރައްޔިތުންއަތުންް ފޭރެނީީ އެގޮތަށްް ކަންތައްކުރަންް ދޫކުރަންޏާާ މުއީޒުވެސްް އިސްތިއުފާދީ
ސާބަހޭ މުއިއްޒު!! ޢެމް ޑީޕީގެ ބަޔަކަށް މަނިކުފާނުގެ މެންޑޭޓް އޮޅުނަސް މަނިކުފާނަކީ ޢިލްމީ ގޮތުންވެސް ސާލިހް ކަހަލަ ތަންދޮރު ނުދަންނަ މީހަކަށް ނުވާތީ ޝައްކެއް ނުކުރަން މެންޑޭޓް އަދި ހައިސިއްޔަތު އޮޅޭނެ ކަމަކަށް. ޝުކްރިއްޔާ