ހާހަކަށް ވުރެ ގިނަ މިޔަރު އުރަހަ ބޭރު ކުރަން އުޅެނިކޮށް ހިފަހައްޓައިފި

ހާހަކަށް ވުރެ ގިނަ މިޔަރު އުރަހަ ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިޔަރު އުރަހަ އަޅައިފައި ހުރި ޖުމްލަ 14 ފޮށިގަނޑެއް އެއާޕޯޓުން ހިފަހައްޓައިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 243 ކިލޯ ހުރި ކަމަށެވެ.
ކަސްޓަމްސް އިން އިތުރަަށް ބުނެފައި ވަނީ މިޔަރު އުރަހަ އަޅައިފައި ހުރި ފޮށިތައް ބަންދު ކޮށްފައި ހުރީ "ލޮނު މަސް" ކަމުގައި ޖަހައިފައި ކަމަށެވެ.
މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީސް މީޑިއާގައި މިކަމާ ގުޅޭ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ
އެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ މިޔަަރު އުރަހަ ފޮށިތަކަކުން ހުސްކުރާ މަންޒަރެވެ. އެތަކެތި ހިފަހައްޓައިފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކަމަށް މައުލޫމާތު ލިބެއެވެ.
ޢާމްދަނީހޯދަށް ފަގީރުންކުރާމަސައްކަތް ހުއްޓުވާފަ މުއްސަދިން ނާޗަރަންގީގަ.