ޚަބަރު

މިޔަރު އުރަހަ ވިއްކުމަކީ "ހަލާލު" މަސައްކަތެއް: މުސްތަފާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކަހަނބުފަތާއި މިޔަރު އުރަހަ ވެސް ބޭރު ކުރެވެން ވާނެ ކަމަށާއި އެއީ ހަލާލު މަސައްކަތެއް ކަމުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ކަސްޓަމްސް އިން އިއްޔެ ވަނީ ހުއްޓުވާފައެވެ.

މިކަމާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޔަރު އުރަހަ ބޭރު ކުރަން އުޅުނު ފަރާތްތަކުން ކުރީ ހަލާލު މަސައްކަތެއް ކަމަށެވެ.

"މިއީ މާތް ކަލާނގެ ވިޔަފާރި ކުރުން ހަރާމް ކުރެއްވި އެއްޗެއް ނޫން. ހަލާލު މަސައްކަތް ހަލާލު މުދަލެއް. މިި ހަރާމް ކޮށްގެން އުޅެނީ މިއަދު އޮތް ސިޔާސީ ޕާޓީއަކުން" މުސްތަފާ ވިދާޅުވިއެވެ.

އިތުރު ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ ކަހަނބާއި މިޔަރަކީ ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތެއް ކަމަށެވެ. "ކަހަނބު ފަތް ވެސް ބޭރު ކުރެވެން ވާނެ. މިޔަރުގެ އުރަހަ ވެސް ބޭރު ކުރެވެން ވާނެ. ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތްތައް އެއީ. އެމަނަލެއް ނުކުރެވޭނެ. ހާޖަރާ ލުތުފީ ގައުމުގައި ބޮޑު ބަޣާވާތެއް ހިންގީ ވެސް މިފަދަ ކަންކަމަށް ކެތް ނުކުރެވިގެން." މުސްތަފާ ވިދާޅުވިއެވެ.

ކަސްޓަމްސް އިން މިޔަރު އުރަހަތައް ހުރި 24 ފޮށިގަނޑު އަތުލައިގަތް އިރު، މިޔަރު އުރަހަތަކުގެ ބަރުދަނުގައި 429 ކިލޯ ހުއްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!