ޚަބަރު

އެންޒީ ފޮށީގައި ހުރިނަމަވެސް، މިޔަރު އުރަހަ ތަކަކަކީ އެންޒީގެ އެއްޗެއް ނޫން: ކަސްޓަމްސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، އިއްޔެ ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީ ފޮށިތަކެއްގައި ނަމަވެސް އެއީ އެންޒީގެ އެއްޗެއް ނޫން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިކަމާ ގުޅިގެން ކަސްޓަމްސް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައި ވަނީ އެންޒީ އިން ނޫން ކަމަށެވެ.

ކަސްޓަމްސް އިން އިއްޔެ ވިދާޅުވީ މުޅިއަކު 21 ފޮއްޓެއްގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ.

"މިޔަރު އުރަހަތައް ބަންދު ކޮށްފައި ވަނީ ލޮނުމަސްތަކެއްގެ ތެރެއަށް އަޅައިގެން" ކަސްޓަމްސް އިންވެސް ބުނެފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް މިޔަރު ހިފައި އެ ތަކެތީގެ ވިޔަފާރިކޮށް އުޅޭއިރު މިއީ ބާޒާރުގައި އަގު ބޮޑުކޮށް ވިއްކާލެވޭ ބާވަތެކެވެ. މިޔަރަކީ ރާއްޖޭގެ ތިމާވެއްޓަށް މުހިންމު މަހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!