ޚަބަރު

އުތުރުގެ ބައެއް އަތޮޅުތަކަަށްް ރޭ ލޮޅުމެއްގެ އަސަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ބައެއް އަތޮޅުތަކުގެ ބިންގަނޑަށް ރޭ ލޮޅުމެއް އައިސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

Ads by MWSC

މެޓް އޮފީހުން ބުނީ ރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައިވާ ކަމަށެވެ.

އެގޮތުން ބެލިބެލުމުގައި ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭގެ ގަނޑިން ބުދަ ދުވަހުގެރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިކޯޑްކުރެވިފައިވާ ކަމަށް މެޓުން އޮފީހުން ބުންޏެވެ.

ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ބިންހެލުމާ ބެހޭ މައުލޫމާތު ގެނެސްދޭ އިތުބާރުހުރި ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ރޭ ރާއްޖޭގެ އުތުރުގެ ރަށްރަށަށް ބިންހެލުމެއްގެ އަސަރުކޮށް ފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން އޫއެސްޖީއެސް ސައިޓުގައި ބުނެފައިވާ ގޮތުން ބިންހެލުން އައީ ހއ. ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ 10 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިނަކީ 4.5 މެގްނިޓިއުޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!