ސަރުކާރު

ތިނަދޫގެ މަގު ހެދުމާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓަރާއެކު ބައްދަލުވުމެއް ބާއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ބައްދަލު ކުރައްވައިފިއެވެ.

Ads by Hajj Corporation

އާރްޑީސީން ބުނީ މިއަދުގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މަގު ހެދުމުގެ މަޝްރޫތައް ކޮވިޑް-19އާ ގުޅިގެން މެދުކަނޑައިލައިފައި އޮތުމަށް ފަހު އަލުން ފެށި އިރު ދިމާވާ ދަތިތަކާއި، ލަސްވާ ސަބަބުތަކާ ގުޅޭ ގޮތުން ކަމަށާއި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް މިނިސްޓަރުގެ ފަރާތުން ވަރަށް އެދެވޭ ޖަވާބެއް ލިބިފައިވާ ކަމަށެވެ.

ތިނަދޫގެ މަގުހެދުމުގެ މަޝްރޫޢުގައި މި ސަރުކާރުން ސޮއިކުރީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. އެގޮތުން މި މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކީ ތާރު އެޅުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ކަމަށް ވެސް އާރްޑީސީން މައުލޫމާތު ދެއެވެ.

ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާ މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!