ޚަބަރު

ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަ ކުއްޖަކަށް އަނިޔާ ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވިލިމާލޭގައި ހިންގި މާރަމާރީއެއްގެ ތެރޭ ކުޑަ ކުއްޖަކަށް އަނިޔާވެ ފިހާރައަކަށް ގެއްލުން ދީފި އެވެ.

Ads by MWSC

ފުލުހުން ބުނީ ރޭ 11:12 ގައި ވިލިމާލެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިބެލުމުން އެއީ އެ ސަރަހައްދުގައި ހިނގި މާރަމާރީއެއްގެ ތެރޭ ހިނގި ކަމެއް ކަން އެނގިފައިވާ ކަމަށެވެ. ރޭގެ އެ މާރަމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ އެ މާރަމާރީގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެ ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެ ކުއްޖާގެ ބޮލުން ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!