ޚަބަރު އިޖުތިމާޢީ

ފަސް ރަށެއް މޮނިޓަރިންގެ ހާލަތުން ނަގައިފި، މޮނިޓަރިންގައި މިހާރު 21 ރަށެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވިލިނގިލި ކޮވިޑް ފެސިލިޓީ

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިގެން މޮނިޓަރިންއަށް ލައިފައިވާ 26 ރަށުގެ ތެރެއިން 5 ރަށެއް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

Ads by STELCO

މިއަދު މޮނިޓަރިންގެ ހާލަތުން ނަގައިފައިވާ 5 ރަށަކީ ކ. ކާށިދޫ، ދ.ކުޑަހުވަދޫ، ށ.ފީވައް، ހއ.އިހަވަންދޫގެ އިތުރުން ގދ. ގައްދޫއެވެ. މިރަށްތައް މޮނިޓަރިންގެ ހާލަތުން ނެގުމާ އެކު މިހާރު މޮނިޓަރިންގައި އޮތީ ޖުމްލަ 21 ރަށެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެފަހުގެ އަދާހަމަތަކަށް ބަލާލާއިރު މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ރ. ދުވާފަރެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައި ވަނީ އިއްޔެގެ ވަގުތެއްގައި މޮނިޓަރިންއަށް ލައިފައިވާ ރ މަޑުއްވަރީއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު މޮނިޓަަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ރަށް މޮނިޓަރިންނަށް ލައިފައިވާ ދުވަހަކީ މިދިޔަ އޯގަސްޓުމަހުގެ 28 ވަނަ ދުވަހެވެ. އެދުވަހު ވަނީ ޖުމްލަ 9 ރަށް މޮނިޓަރިންއަށް ލައިފައެވެ. އެ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށަކީ އދ.މަހިބަދޫ، ވ.ތިނަދޫ، ށ.ކަނޑިތީމް، ހދ. ނޮޅިވަރަމް، މ.ވޭވަށް، އަދި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ ސ. ހިތަދޫ، ސ. މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދޫއެވެ.

އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އއ. ހިމަންދޫ މޮނިޓަރިންއަށް ލައިފައިވާއިރު އެމަހުގެ 16 ވަނަ ދުވަހު މޮނިޓަރިންއަށް ލީ އދ. ހަންޏާމީދޫ ވެސް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކޮވިޑް-19 ވޭދަނަތައް ފެނި މޮނިޓަރިންއަށް ލައިފައިވާ އިތުރު ރަށްރަށަށް ބަލާލާއިރު މ. މަޑުއްވަރީ، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ، މަޑަވެލި، ތ.ވޭމަންޑޫ، ލ.މުންޑޫގެ އިތުރުން ށ.މިލަންދޫއާއި ހދ. ނޮޅިވަރަމްފަރު ހިމެނެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!