ޝަރުޢީ ދާއިރާ

ޖޭއެސްސީއަކީ ސިޔާސީ މުއައްސަސާއެއް: ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރުކަމުން ޝުޖާއު އުސްމާން ނޫސްވެރިންނަށް މައުލޫމާތު ދެނީ.. ދެން އިމޭޖްސް

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ގޮތުން މިނިވަން މުއައްސަސާއެއް ނޫން ކަމަށާއި ޤާނޫނުގައި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެއީ ސިޔާސީ މުއައްސަސާއެއް ކަމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވަނީ ހައި ކޯޓުން އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު ވިދާޅުވެދެއްވައިފައެވެ. މިގޮތުން ޖޭއެސްސީ އަދި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ފާޑު ވިދާޅަމުން ޝުޖާއު ވިދާޅުވީ، އެތަންތަން މިއަދު ސިޔާސީ ވެފައިވާ ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އަޅުގަނޑުމެންނަށް ފާހަގަވެފައި މި އޮންނަނީ ޤާނޫން އަސާސީގައި އެގޮތަށް ބަޔާންކޮށްފައި އޮތީމަ. އެހެން ނަމަވެސް ބަކަރި ކޮއްޓަކަށް ކުކުޅު ކޮއްޓެކޭ ނުބުނާނެ. އެއީ މިނިވަން މުއައްސަސާއެއް ނޫން. އެއީ ސިޔާސީ މުއައްސަސާއެއް. އެއީ ސިޔާސީ ބޭފުޅުން އެތާ ތެރޭގައި ތިއްބަވާތީ" ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ދިވެހި ރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުނު އިރު އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދާ ކުރަމުން ދިޔައީ ޝުޖާއު އުސްމާނެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދީފައިވަނީ 2020 ވަނަ އަހަރު އޯގަސްޓް މަހުގެ 17 ދުވަހުއެވެ. އިސްތިއުފާ ދެއްވިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ޝުޖާއު އެ މަޤާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބަސްދަލުވުމުގައި ޝުޖާއު ވިދާޅުވީ، އެމަނިކުފާނު އިސްތިއުފާ ދެއްވައިފައި ވަނީ ރައީސް ޔާމީންގެ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެމައްސަލައިގައި ސިޔާސީ ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވުމުން ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް އެކިއެކި ފަރާތްތަކުން އިންޒާރުގެ މެސެޖްތަކާއި އިންޒާރުގެ ފޯން ކޯލްތައް އައި. އެހެން ނަމަވެސް އަޅުގަނޑަކީ އެއްވެސް އިރެއްގައި ހެދިފައި އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރާ މީހެއް ނޫން." ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާމެދު ކަންތައް ކުރައްވަމުން ގެންދެވީ އެހެން ބޭފުޅުންނާ ތަފާތުކޮށް ކަމަށާއި އިންސާފުން ނެއްޓި ހައްދު ފަހަނަ އަޅައި ދިއުމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެންނެވި ކަމަށެވެ.

"ރައީސް ޔާމީން ކަފާލާތަށް އެދިވަޑައިގަތީމަ، އެ ބެންޗްގައި ތިއްބެވި ބައެއް ބޭފުޅުން ރައުޔަކީ ކަފާލަތީ ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު ދަންނައެއް ނޫނޭ. ދެން މިހާވަރަށް އިންސާފު ފަހަނަ އަޅާދިޔައީމަ އަޅުގަނޑަށް މަޖުބޫރުވީ މަޤާމުން އިސްތިއުފާ ދޭން."

ޝުޖާއު އުސްމާނުގެ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީއިން ނިންމީ ސުލޫކީ ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައެވެ.

  1. ލަބީޤް މުޙައްމަދު މާހިދު

    ހައިކޯޓު ސިޔާސީކުރި ފަނޑިޔާރު މަނިކުފާނުގެ އަނގަފުޅުން ތިޔަހެން ވިދާޅުވީތީ ވަރަށް އުފާކޮށްފީމެވެ.

  2. މައިމޫން

    ތިޔައީ ސިޔާސީ ފިނޑި ފަނޑިޔާރެއް. އެދުވަހު އެވާހަކަ ބުނަން ނުކެރި މިއަދު ތިޔަހެން ބުނީމާ ދޭހަވަނީ ހަސަދައާއި އަމިއްލަ އެދުން.

  3. ނަސީރު

    ސިޔާސީ ހުކުމްތައް ޖެހި ހަނދާން އަދި ހުންނާނެ.

  4. ާަަޖަމަލުhum

    ށސިޔަސިހުމޮ ޖެހި ތިކޮމެނތުކުރިމިހަ