ގްރޭޑް 12ގެ އިސްލާމް ފޮތުގައި ވެސް ސޫރަތެއް ނުބައިކޮށް

ރާއްޖޭގައި ގްރޭޑް 12ގެ ދަރިވަރުން ބޭނުންކުރާ އިސްލާމް ފޮތުގައި ވެސް ސޫރަތެއް ނުބައިކޮށް ލިޔެފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ގްރޭޑް 1ގެ އިސްލާމް ފޮތުގައި ވެސް ދެ ސޫރަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް މިއަދު ފެންމަތިވެ، އެ މައްސަލަ ހޫނު ވެފައި ވަނިކޮށެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވާސިޓީގެ ޑީން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގްރޭޑް 12ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލްގެ 74ވަނަ އާޔަތް ވެސް އޮތީ ނުބައިކޮށް ކަމަށެވެ. އަދި އަވަސް ފުރުސަތެއްގައި އެކަންކަން ރަނގަޅު ކުރުމަށް ޑރ. ޝަހީމް އެދިލައްވައިފައިވެއެވެ.
ޑރ. ޝަހީމް ވަނީ ގްރޭޑް 12ގެ އިސްލާމް ފޮތުގައި ނުބައިކޮށް އޮތް ތަން ފާހަގަކޮށް އެކަން އާންމުންނާ ހިއްސާ ކުރައްވައިފައެވެ.