އޭޑީއެސްއެލް ކަނެކްޝަންތައް ދިރާގު ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ބަދަލު ކޮށްލުން މުޅިން ހިލޭ!

ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް އޮކްޓޯބަރ 2021ގެ ނިޔަލަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލު ކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެއެވެ. އޭ.ޑީ.އެސް.އެލް ކަސްޓަމަރުން ފަސޭހަކަމާ އެކު ފައިބަރއަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓްwww.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާ އެކު ކޮށްލެވޭނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 64 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެއެވެ.
ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ