ބާރްތީ ސިންގގެ ހަށިގަނޑަށް ބޮޑު ބަދަލެއް، 15 ކިލޯ ލުއި ކޮށްލައިފި

މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގްގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލުގެ ވާހަކައަކީ ބޮލީވުޑްގައި މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. މާބޮޑަށް ފަލަވުމުގެ ސަބަބުން އެތައް ބައެއްގެ ފުރައްސާރަ ބާރްތީއަށް ކުރިމަތިވިއެވެ.
ބާރްތީގެ ބަރުދަނުގައި ކުރިން 91 ކިލޯ ހުރިއިރު މިހާރު ހުންނަނީ 76 ކިލޯއެވެ. ގާތްގަޑަކަށް އެއް އަހަރުދުވަހަށް ފަހު ބާރްތީގެ ހަށިގަނޑުން ފެނުނު އެ ބަދަލަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ކަމަށް ބާރްތީ ބުނެފައިވެއެވެ.
އަބަދުވެސް ކެއުމަށް ލޯބި ކުރާ ބާރްތީއަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔައީ ރޭގަނޑު 7 ފެށިގެން އަނެއް ދުވަހު 12 ޖަހަންދެން އެއްވެސް އެއްޗެއް ނުކައި ހުސްބަނޑާ ހުރުމެވެ. ބާރްތީ ބުނީ އެއީ އޭނާގެ ޑައެޓްގެ ބޮޑު ބައެއް ކަމަށެވެ.
ޑައެޓްގެ އިތުރުން ބަރާބަރަށް ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރާ ކަމަށް ބާރްތީ ބުންޏެވެ. އޭނާ ބުނީ ވަރަށް ގިނައިން މިކަން ނުވާނެއޭ “ގިވް އަޕް” ކުރާނީ އޭ ވެސް ހިތަށް އަރާ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރީ ގިވްއަޕް ނުކޮށް ބަރުދަން ލުއި ކުރުމަށް ކަމަށެވެ.
އަބަދުވެސް ވަރަށް މަޖާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ބާރްތީއަކީ ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ މުހިންމު ރޯލެއް އަދާ ކުރާ މީހެކެވެ.