ޚަބަރު ސަރުކާރު

އީސީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކުރުމަށް ނިންމައިފައިވާ ކަންތައްތައް އެކުލެވޭ އެ ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ.

Ads by MWSC

މި ޕްލޭން އިފްތިތާހް ކޮށްދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބްރައީސް ފައިޞަލް ނަޞީމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުޞަތުތައް ކުރިޔަށް ވުރެ ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ފާހަގަ ކުރައްވައި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއަކީ ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައި ވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާއި އަޣްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ހަފުލާގައި އެ ކޮމިޝަނުގެ 2021އިން 2025އަށް އެކުލަވައިލައިފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އޭގެ އިތުރުން މި ހަފުލާގައި އެ މަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވައިފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.

މި ހަފުލާގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބު ޕޯޓަލް ވެސް އިފްތިތާޙްކޮށްފައިވެއެވެ. މި ޕޯޓަލްއަކީ ނިމިދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

  1. މޫސަ ( ރޫކޭ )

    ޕްލޭންގަ ވާނެ އިންތިޚާބުން ވައްކަންކުރުން އެންފުރަމަކަމެއްގެ ގޮތުގައި ހިމަނަންވާނެ
    މަށަށް ހަމަޔަޤީން އޮޅުވާލާން މަސައްކަތްކުރާނެކަން