ސިޓީ ކައުންސިލުން ކުނިތައް ގެންގޮސް ވެމްކޯ ދޮރުމައްޗަށް އަޅައިލައިފި

މާލޭގެ މަގުތައް މަތީ ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގައިގެން ގެންގޮސް މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވެމްކޯގެ ސައިޓް ދޮރުމައްޗަށް އަޅައިލައިފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއެއްގައި ފެންނަ ގޮތުން ސިޓީ ކައުންސިލުގެ ލޮރީއެއް ފުރާ ކުނިއަޅައިގެން ގޮސް ވެމްކޯގެ ސައިޓް ދޮރުމައްޗަށް ހުރިހާ ކުނިއަޅައިލައެވެ.
މާލޭގައި ކުނި ނެގުމުގެ މަސައްކަތް ކުރާ ކުންފުނި ،ވެމްކޯއިން ރެއިން ފެށިގެން އެޕާޓްމެންޓްތަކުން ކުނި ނަގަން ފެށުމާ އެކު ރަޖިސްޓްރީ ނުކޮށް ހުރި ބައެއް އެޕާޓްމެންޓްތަކުން ކުނިތައް މަގުމައްޗަށް ނެރެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެފަދަ ކުނި ނަގާނީ ސިޓީ ކައުންސިލުން ކަމަށް ވެމްކޯއިން ބުނެފައިވާކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު މާލޭގެ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއާ ހަވާލުކޮށްފައި ވަނީ ފައިސާ ދީގެން ކަމަށާއި އެކަން އެހެން ނުކޮށް ސިޓީ ކައުންސިލަށް ޖެއްސުން ކުރުމުގެ ފުރުސަތެއް ވެމްކޯއަށް ނުދޭނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ.
ހުންނާނެ ރާކަނި މަސްކެވިފަ! ކުނިއުކާ މީހުންގެ ޒިއްމާއަކަށް ވާންޖެހޭނީ ކުނިނަގާ ސާފުކުރުން މައްސަލަ އުޅޭބައެއްގެ މައްސަލަ ހައްލުކުރާނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން! ޑްރައިވަރާއި ކުނިނަގާ މީހުން ގޮތްނިމީމަ އޮނިގަނޑު ހަމަނުޖެހޭ!!!