ޚަބަރު ސިޔާސީ

ޚިޔާނާތުގެ ފައިސާއިން 35 މިލިޔަން ރުފިޔާ ކަޅު ދަބަހެއްގައި ރައީސް ޞާލިޙް ގެންދެވި: އަލީ ވަހީދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމުގައިވާ އެމްއެންޕީއާރސީ ކޮރަޕްޝަންގެ ފައިސާގައި މިހާރު ވެރިކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙް ޖެހިވަޑައިިގެންފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖިންސީ ފުރައްސައިރައިގެ ތުހުމަތުތަކެއް ކުރެވުމުން ވަޒީރުކަމުން ވަކި ކުރައްވައިފައިވާ އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށާއި ތުހުމަތުތަކަކީ މަޤާމުގެ ދަހިވެތި ކަމުގައި ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ އެމްއެންޕީއާރސީގެ ޚިޔާނާތުގެ ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މީހުންގެ ތެރޭގައި އޭރު ހިމެނިވަޑައިގަންނަވާ ބޭފުޅެއް ހިމެނޭ ކަމަށެވެ. އަދި އޭނާގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ބުނާ ބޭފުޅަކު ކަޅު ދަބަހެއްގައި 35 މިލިޔަނަށް ވުރެ ގިނަ ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އެއީ ކާކުތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެމްއެންޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޞާލިޙްގެ ނަންފުޅު ވެސް ފުރަތަމަ އޮތް ކަމަށެވެ. އަދި އޭނާގެ ރައީސް ޞާލިޙްގެ ނަން ލިސްޓުން އުނި ކުރެއްވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ކަމަށް ވިދާޅުވިއެވެ.

"ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަޙްޤީޤީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޒު." ޢަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އަޙްމަދު އަދީބް ދެއްވި ފައިސާ ނެންގުމަށް އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދެވި ރައީސް ޞާލިޙް ވަޑައިގެންފައި ވަނީ ރެހެންދި ފްލެޓަށް ކަމަށާއި އެކަން ހިނގައިދިޔައިރުގެ ސީސީޓީވީ ފްޓޭޖްތައް ވެސް ހުންނާނެ ކަމަށެވެ.

އަލީގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވެސް އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވި ކަމަށެވެ. މިގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ނަން އޭނާ ވަނީ ވަކިން ފާހަގަ ކުރައްވައިފައެވެ.

Ads by Allied Insurance
  1. ހާލަތު

    އަލީ ވަހީދު ޔޫކޭ ހުންނަވައިގެން ދެއްވި އިންޓަރވިއުތައް ރިކޯޑުކުރެވިފަ އަދިވެސް ހުންނާނެ. ރައީސް ސޯލިހަކީ އެއްވެސް ކުށެއްގެ ތުހުމަތު ނުކުރެވި 25 އަހަރު މަޖިލީހުގަ އިންނެވި ބޭފުޅެއްކަމާއި އަދި ރައީސް ޔާމީނާ ގުޅޭގޮތުން ހާއްސަކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މިންވަރާ އެކަމުގެ ހެކިތަކާ ގުޅޭގޮތުންނެވެ. މިއަދު ރައީސް ޔާމީނަށް ތުހުމަތެއް ނެތެވެ ތުހުމަތު ކުރެވެނީ ރައީސް ސޯލިހަށެވެ. އަހަރެމެން ގަބޫލު ކުރަންވީ ކޮންދުވަހެއްގެ ވާހަކަތޯ؟

  2. ޢަލީ

    އަލީ ވަހީދު މޮޔަވީތޯ
    ފަތަންނޭގޭ މީހެއްކަން އެނގި ހުރެ ކަނޑަށްފުންމާލާނީ މޮޔަވީމަ ނޫންތޯ

  3. ރައްޔިތުމީހާ

    ޢަލީި ވަޙީދުު އެވިދާޅުވާާ އެއްޗަކީީ ދޮގެއްނަމަަ ސޯލިހުު ރައީސްް ޚަތިމްގައަތްލާފަަ ރައްޔިތުންކުރިފުޅުމަތީީ ހުވާާ ކޮށްދެއްވާާ ނޫނީީ މަޢާފަށްް އެދިލައްވާފަަ އެފައިސާއަށްް ހެއްދެވިި ގޮތެއްް ސާފުދިވެހިބަހުންް ވިދާޅުވެެ ދެއްވާާ މިއީީ ރައީސްގެެ ސޯލިހުު ކަންދައްކަންް އެންމެެ ރަނގަޅުު ވަގުތު

  4. ށީޝް

    ޯމީއަނެއްކާ ދެވަނަ ޖާބިރުތައް