ޚަބަރު

ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނުމުން އެއް މަހަށް ޖަލަށް ލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފޭސްބުކް ކޮމެންޓެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގައި ހައްޔަރު ކުރި އިސްމާއީލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފިއެވެ.

Ads by MWSC

މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި އުމުރުން 40 އަހަރުގެ ޔާސިފް ވަނީ، ރައީސް ނަޝީދަށް އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އެއްމަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވެއެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ ފޭސްބުކްގައި ކުރި ކޮމެންޓެއްގައި، ރައީސް ނަޝީދު އަނބުރާ ރާއްޖެ އައިސްފި ނަމަ އަބޫޖަހުލަށް ބަދުރު ހަނގުރާމައިގައި ހެދި ގޮތް ހަދައިލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިނުމުންނެވެ. އޭނާއަކީ ރ.މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާއަކީ މާލޭ މީހެއް ނަމަވެސް ދިރިއުޅެމުން އަންނަނީ މީދޫގައެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހުއެވެ. ހައްޔަރުކޮށްގެން އޭނާ ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ކޯޓުގެ ހުރުމަތް ކަނޑައިގެން ވެސް އޭނާ ވަނީ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

Ads by HDC
  1. ސެއްޅި

    ކިހާ ދެރަ ކަމެއް އެއްވެސް މީހަކަށް ތިޔަ ގޮތަށް މަރުގެ އިންޒާރު ދެވިގެން ނުވާނެ.ހަދާން ހުންނަ ވަރުގެ އަދަބެއް ދޭންވީ.
    މަށަކީ ތިއަންނިއަށް ސަޕޯޓު ކުރި މީހެއްނޫން ނުވެސް ކުރާނަން. ޑެންމާކުގައާއި އެތައް ޕޯޑިއަމެއްގަ ދެއްކި ލާދީނީ ވާހަކަ ތަކަށް އޭނާއަށްވެސް އަދަބު ދޭން ޖެހޭނެ.

  2. ކޮންމެސް ސަބަބެއް އޮވެގެންދޯ މަރުގެ އިންޒާރުދޭނީ އެހެންވީމާ މިހާރުވެއްޖެ ނަޝީދު މީނާއަށް ކޮށްފައިވާ ކަމެއްބަލައި ރަނގަޅަށް ސާފުކޮށް ތަޙްޤީޤް ކޮށްފަ އެކަށީގެންވާ އަދަބު ދޭންޖެހޭ ފަރާތަކަށް އަދަބުދޭންވެސް