ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ރާއްޖެއިން ބޭރުގައި ސިފައިންގެ ތަމްރީން ހަދަމުން ދިޔަ ރާއްޖޭގެ ސިފައިން ބޭކަލަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވީ ނިޔާވެފައި ވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީން ހާސިލް ކުރަމުން ދިޔަ ބޭކަލެކެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އެވެ އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون