ލައިފްސްޓައިލް ސިއްޙަތު

ކެންސަރުން ރަައްކާތެރިވުމަށް މިބާވަތުގެ ކާނާއާ ދުރުވުން މުހިންމު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކެންސަރުގެ ބާވަތްތައް ރަމްޒުކޮށްދޭ ރިބަން ކޮޅުތަކެއް

ކެންސަރަކީ އެބައްޔެއްގެ ސަބަބުން ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުންދާ ބައްޔެވެ. މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ނުވި ނަމަވެސް، އެބައްޔެއް ޖެހިއްޖެނަމަ ވަރަށް އަވަހަށް މީހާ ބަލިކޮށްލައި، ފަރުވާ ލަސްވެއްޖެ ނަމަ އުއްމީދު ގެއްލިދާ ބައްޔެކެވެ.

Ads by Hajj Corporation

ކެންސަރު ޖެހުމުގެ އެކި އެކި ސަބަބުތައް ހުންނައިރު އެންމެ މައިގަނޑު ސަބަބެއްކަމުގައި ސިއްހީ މާހިރުން ލަފާ ކުރާ ސަބަބަކީ ކެއިން ބުއިމުގެ ވައްޓަފާޅިއާއި ކެއިން ބުއިމުގައި ބޭނުން ކުރެވޭ ތަކެއްޗެވެ. މިގޮތުން ބަލާލާއިރު ތިރީގައި މި ބަޔާންކުރާ ތަކެއްޗަކީ ކެންސަރުން ރައްކާތެރިވުމަށް ދުރުހެލިވުން މުހިންމު ކާނާއެވެ.

1. ތައްޔާރީ މަހުގެ ކާނާގެ ބާވަތްތަައް

ދިވެހިންގެ މެދުގައިވެސް ބަންދުކޮށްފައިވާ ތަައްޔާރީ މަހުގެ ބާވަތްތަކަކީ މަގުބޫލު ބާވަތްތަކެވެ. އެއްވެސް ބާވަތެއް ޖަނަވާރެއްގެ ކާނާއެއް ޕްރިޒާވް ކޮށްގެން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫންކަން އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށްވެސް އެނގެއެވެ. "ސްމޯކްޑް ފިޝް" އަދި "ސޯލްޓެޑް ފިޝް" ފަދަ ތައްޔާރީ މަހުގެ ބާވަތްތަކަކީ އެ ބަންދު ކުރުމުގައި ބައިވަރު ކެމިކަލް ބޭނުން ކޮށްފައިވާ ބާވަތްތަކެވެ. މިފަދަ ކެމިކަލްތަކަކީ ކެންސަރު ސެލްތައް އުފެދުމަށް މަގުފަހި ކުރުވާ ކެމިކަލްތަކެވެ. މިފަދަ ކެމިކަލްތަކުގެ ސަބަބުން ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހިވާއިރު ސޮސެޖް، ސަލަމީ، އަދި ވެސް މިފަދަ ބަންދު ކުރި މަހުގެ ކާނާއަށްވުރެ ތާޒާ މަސް ކައްކައިގެން ބޭނުން ކުރުމީ އެންމެ ރަނގަޅު ގޮތްކަމުގައި ސިއްހީ މާހިރުން ބުނެއެވެ.

2. ތެލުލި ކާނާ

ތެލުލި ކާނާ ގިނައަދަދަކަށް ބޭނުން ކުރުމަކީ ވެސް ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދި ގިނަވުމަށް މަގުފަހިވާ ކަމެކެވެ. އަލުވި އަދި އެއްގަމު މަސްފަދަ ތަކެތި ތެލުމުން "އަކްރިލިމައިޑް" ނަމަކަށް ކިޔާ މާއްދާއެއްް އުފެދެއެވެ. އަދި މި މާއްދާއަކީ ކެންސަރު ޖައްސާ ސެލް އުފެދުމުގެ މަގުފަހިވާ މާއްދާއަކަށް ވާއިރު މި މާއްދާގެ ސަބަބުން ޑީއެންއޭއަށް ވެސް ގެއްލުން ލިބޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

3. ދަޅުކާނާއާއި ތައްޔާރީ ކާނާ

ދަޅުގައި ބަންދުކޮށްފައިވާ ކާނާއާއި ތަފާތު ތައްޔާރީ ކާނާއަކީ ވެސް އެތަކެތީގެ ސަބަބުން ކެންސަރު ޖެހުމުގެ މަގު ފަހިވާ ކަމެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތުން އިންސްޓަންޓް ނޫޑްލިސް ފަދަ ތައްޔާރީ ކާނާއަކީ ނުރައްކާތެރި ކެމިކަލެއް ކަމުގައިވާ ބިސްފެނަލް ގިނަ އަދަދަކަށް ހިމެނިފައިވާ ތަކެތި ކަމުން މިތަކެއްޗާ ވީވަރަކުން ދުރުހެލިވުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ. މި ވިހަ މާއްދާއަކީ ކެންސަރުގެ އިތުރުން ހޯމޯން އިންބެލެންސްވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވާ މާއްދާއެކެވެ.

މީކަންކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއިން ބުއިމުގައި ބޭނުން ކުރުމަކީ ހުރިހާ ބަލިތަކުން ވެސް ރައްކާތެރިވުމަށް މުހިންމު ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!