ޚަބަރު

އޮޅިގެން ދޫކޮށްލާފައި ހުރި ގައިދީއަކު ހައްޔަރުކޮށްފި

އޮޅިގެން ދޫކޮށްލާފައި ހުރި ގައިދީއަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާގޮތުގައި 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނިކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް އޮޅިގެން ކުރެވުނު ސޮޔެއްގެ ސަބަބުން ވަނީ މ. މުލަކަށް ނިސްބަތްވާ މުހައްމަދު ފަޔާޒު މިނިވަން ކޮށްފައެވެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސް އާ ހަވާލުކުރުމަށް އެދި ފުލުހުންނަށް ލިބިފައިވާ ކޯޓު އަމުރެއްގެ ދަށުން މ. މުލަކުން 41 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި އަދި ދޫނިދޫ ކަސްޓޯޑިއަލާ ހަވާލުކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ޖަލުތަކުގައި ޖާގަ ނެތުމުގެ ސަބަބުން އަދިވެސް އޭނާ ހުރީ ދޫނިދޫގައި ބަހައްޓާފައި ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!