އެޑްވަޓޯރިއަލް

އުރީދޫން ވެސް މޯބައިލް ޑޭޓާގެ އަގު ހެޔޮކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރާއި، ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކުރުމާ އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

Ads by Sosun Fihaara

ޕްރީޕެއިޑް ކަސްޓަމަރުންނަށް %60އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާ އެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ވަނީ ތަޢާރަފްކުރެވިފައިއެވެ. މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް %25 އިތުރު ޑޭޓާއާ އެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްގެ ގޮތުގައި %80އާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެއެވެ. އިތުރުވަމުން އަންނަ ޑިޖިޓަލް ޚިދުމަތްތަކާ އެކު ކަސްޓަމަރުންގެ ބަދަލުވަމުންއަންނަ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެޔޮ އަގުގައި ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް %60އާ ހަމައަށް އިތުރު ޑޭޓާ

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު %60އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާ އެކު %38 އާ ހަމައަށް އަށް ޑޭޓާގެ އަގު ވެސް ވަނީ ތިރިވެފައެވެ. މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެއެވެ.

30% އިތުރު ޑޭޓާއާ އެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް

  • 30% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާ އެކު އައު ޕްލޭންތަކެއް ތަޢާރަފްކުރެވިފައިވީއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %29 އާ ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެއެވެ.
  • ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބަރ، ޓުވިޓަރ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ޚާއްޞަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެއެވެ.
  • މީެ އިތުރުން ނެޓުހެޔޮ ޕޯސްޓޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތާ އެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލަރ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ.

މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ ޢެޕް: http://ore.do/app މެދުވެރިކޮށް ނެންގެވޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 އިތުރު ޑޭޓާ އަދި އިތުރު %80 ބޯނަސް ޑޭޓާ

  • 25% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް %20 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެއެވެ. މިބަދަލާއިއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރު ވަމުން އަންނަ އިންޓަނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެއެވެ.
  • މީގެ އިތުރުން، ޙާއްޞަ އޮފަރއެއްގެ ދަށުން 2021 ގެ ނިޔަލަށް %80 އާއި ހަމައަށް އިތުރު ބޯނަސްޑޭޓާވެސް ލިބިގެންދާނެއެވެ.
  • ހަމައެއާ އެކު، ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވައިފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަރ ގުޅައިލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެއެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާ އެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަން ވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން ފަސޭހަ ސެލްފްކެއަރ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ބެލަންސް ބަލައިލައި، ޕެކޭޖް އެކްޓިވޭޓްކޮށްލެވޭނެއެވެ.

އުރީދޫގެ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ. މިއަދު މޮބައިލް އަދި މޮބައިލް ބްރޯޑްބޭންޑްއަށް މި ގެނެވުނު ހެޔޮ ބަދަލާ އެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދު ތަޢާރަފް ކުރެވުނު އައު ޕެކޭޖްތައް 1 އޮކްޓޯބަރވާ ހުކުރު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!