ހޯމް މިނިސްޓަރުކަމަށް އައުމުގެ އެންމެ ބޮޑު މަޤުސަދަކީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުން: މިނިސްޓަރ އިމްރާން
މިސަރުކާރުގެ ހޯމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެއްވުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓަރުކަމާ ހަވާލުވީ ކުށްވެރިންނާއި ޤައިދީން ޖަލުގެ ތެރޭގައި އަބަދު ވަދެ، ނިކުމެ އެ ރިޕީޓްވަމުންދާ ޢަދަދާ އެކު ރާއްޖޭގެ މުޅި އިޖްތިމާޢީ ވެއްޓަށް އަދި މުޅި މުޖުތަމަޢަށް ލިބޭ ބޮޑު ހިތާމައާއި ގެއްލުމާއި، އިޤްތިޞާދީ ބޮޑު ކާރިސާތަކުގެ ތެރެއިން މަސައްކަތްކޮށްގެން ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި އިލްމީ ޤާބިލް، އަދި އޭގެ ތެރޭގައި ތިބެން ނުޖެހޭ ގިނަ ޒުވާނުން އެ ތޭރިތަކުގެ ފަހަތުގައި ތިބޭ ހިތާމަވެރި މަންޒަރަކީ، އެމަނިކުފާނު ވަރަށް ހިތާމަކުރާ މަންޒަރެއް ކަމަށެވެ. “އެއަށް ޓަކައި ރަނގަޅު މަސައްކަތެއް ކުރަން ބޭނުންވާތީ މިމަޤާމަށް އައީ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުގެ ޙާލަތު ރަނގަޅުކުރުމުގައި އަދިވެސް ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި މިއީ ވަރަށްބޮޑު ހޭދައެއްކޮށް ގިނަ ވަސީލަތް ވެސް ބޭނުންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބުނާނެއެއްޗެއް ނޭނގިފަ މިއިނީ