ޚަބަރު ސިޔާސީ

ގައުމީ ސަލާމުގެ ވަގުތު ރައީސް އަމަލު ކުރެއްވީ އުސޫލުތަކާ ޚިލާފަށް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި އެފްއޭއެމްގެ ރައީސް ބައްސާމް ރޭގެ މެޗުގައި ގައުމީ ސަލާން އިއްވި ވަގުތު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގައުމީ ސަލާމް އިއްވި ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލުކުރެއްވީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by STELCO

ރާއްޖެއާއި ނޭޕާލް ރޭ ކުޅުނު މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް ފެށުމުގެ ކުޑަ ހަފްލާއެއް ވެސް ކުރިއަށް ދިޔައެވެ. އެއަށް ފަހު ގައުމީ ސަލާން އިއްވިއެވެ. ގައުމީ ސަލާން ކުރިއަށް ދިޔަ ވަގުތު ދައުލަތުގެ އިސް ފަރާތްތަކުން ކޮޅަށް ތެދުވެލެއްވުމުގެ އިތުރުން ކަނާއަތް މޭމަތީގައި ބާއްވައިގެން ތިއްބެވިއެވެ. އެހެން ނަމަވެސް އެންމެ ކުރީ ސަފުގައި ތިއްބެވި ރައީސް ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އެފަދައިން ކަން ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ސިފަކުރަނީ ރައީސްގެ އެ އަމަލުފުޅަކީ ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ޚާއްޞަ ދެންނެވުމަކާ ހަވާލާދީ ، އެ މަނިކުފާނު ވަނީ އުސޫލުތަކާ ހިލާފުވެވަޑައިގެންފައި ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ގައި ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ބާއްވާ ރަސްމީ ޖަލްސާތަކުގައްޔާއި އެކިއެކި އިހްތިފާލުތަކުގައި ގައުމީ ސަލާން ކުޅުމާއި ގައުމީ ސަލާން ކިޔުމުގެ އުސޫލެއް ބަޔާންކޮށްފައެވެ.

އެ އުސޫލުގެ 8 ވަނަ މާއްދާގެ ހގައި ބުނެފައި ވަނީ ގައުމީ ސަލާން އިއްވާއިރު ނުވަތަ ކިޔާއިރު ކޮޅަށް ތެދުވެ ހުއްޓި ހުންނަން ވާނެ ކަމަށެވެ. އަދި މިގޮތަށް ހުންނައިރު އެމީހެއްގެ ކަނާތްތިލަ ހުޅުވައިފައި މޭމަތީގައި ވާތް ފަރާތުގައި ބަންޑުން ބާއްވަންވާނެ ކަމަށް އެ ދެންނެވުމުގައި ވަނީ ބުނެފައެވެ. އެ މާއްދާގެ ނގައި ޔުނީފޯމް ބޮޑީޒްތަކުން ސެލިއުޓް ކުރަން ވާނެ ކަމަށް ވެސް ވަކިން ވަނީ ބަޔާންކޮށްފައެވެ.

މިއީ ގާނޫނަކުން ފާސްކޮށްފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރައީސްގެ ރަސްމީ ދެންނެވުމެކެވެ. އަދި ރައީސް އޮފީހުން ރަސްމީކޮށް ކުރަން ދަންނަވައިފައިވާ ކަމެކެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ރައީސް އޮފީހުގެ އެއްވެސް މުވައްޒަފަކަށް ނުވަތަ ޚުދު ރައީސަށާއި ނައިބު ރައީސަށް އެކަން އެނގިވަޑައިނުގަންނަވަނީތޯ ސުވާލު އުފައްދައި ފާޑުކިޔައިފައެވެ.

Ads by Allied Insurance
  1. ވަރަބިނދުކޮތަރު

    ފާސްކުރުމާނުކުރުން އެއީއެހެންކަމެއް . ލިޔެފައެހެން އެހެންމީހުނަށް ކުރަން އެއްގިފަވާކަމެއް ގައުމާހަވާލުވެތިވެ ނުކުރުން އެއީ 1ނަމްބަރުގެ މައްސަލައެއް .

  2. ިވދިވެހި ގައުމީސަލާން ކިޔާއިރު ކަނާތް މޭމަތީގައި ބާއްވަން ޖެހޭކަމަށް އޮތީ ކޮން ގަވާެއިދެއްގައިކަން ލިޔެލިނަމަ .. ނޫންނަމަ އެވާއިދެއް އޮތިއްޔާ އޮތްކަން ނެތިއްޔާނެތްކަންވެސް ބުނެލިނަމަ.

  3. ނުރަބޯ

    ކިބުރުވެރި ކަމާއި ބޮޑާކަން ނޫންތޯ….؟

  4. ައާމިނަތު

    މިި ހުރިހާަ ދުވަހުު ޤައުމީީ ސަލާމްް ކިޔާއިރުު މިި ހުރެވުނީީ އަތްް ނުނަގާ. އަސްލުު ނޭންގޭތީ

  5. ކޮތަރުކޮށި

    ނޭނގޭ މީހަކަށް ކިއައި ދިނަސް ކިތަންމެ ވަރަކަށް ބުނެދިނަސް ނޭނގޭނެ، ދެވަނަ ކަމަކީ، އިދިކީލި ވާ މީހަކު ކޮއްމެ ކަމެއްގާ ވެސް އިދިކީލި ވާނެ.

  6. ނިކް

    މޭމަތީ އަތް ބޭއްވުން ލާޒިމްކޮށްފަ އޮންނާނި ރަސްމީ ޖަލްސާތަކު ގައްޔާއި ހަފްލާތަކުގަ އެކަނި.. އެހެނިހެން އިވެންޓުތަކާއި ކުޅިވަރު ދަނޑުތަކުގަ އެއީ ލާޒިމުކަމެއް ނޫން.. އޮޅުވާލާ ފިތުނަ ހައްދަން އުޅުނަސް ފުކެއް ބޮޑުވަރުތީ..