ޚަބަރު

ފީނަން ފޭބި މީހަކު ޑީކޯވެގެން ފަރުވާދެނީ

ދެން އެމްވީ ، ދެން އޮންލައިން

މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރު ކަމަށެވެ.

އެގޮތުން އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައި ކަމަށާއި މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައިވާ ކަމަށާއި އަދި، އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!