ޚަބަރު

މަޙްލޫފްގެ ސަސްޕެންޝަން އުވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފްގެ ސަސްޕެންޝަން އުވައިލައިފިއެވެ. މަޙްލޫފް ސަސްޕެންޝަންގައި ހުންނަތާ ހަތަރު މަސް ވަނީ ވެފައެވެ.

Ads by STELCO

މަޙްލޫފް ވަނީ އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށާއި ދަޢުވާ ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ދަޢުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، މިނިސްޓަރު ކަމުގެ މަޤާމުގެ ދަހިވެތި ކަމުގައި ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޙްލޫފް ސަސްޕެންޝަން ނިމުމަކަށް އައިސްފައި ވަނީ ހަތަރު މަސްވީއިރު ވެސް މައްސަލައިގައި ދައުވާކޮށްފައި ނުވާތީއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ފައިސާ އެސްއޯއެފުން މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށްބުނެ، މަޙްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ޖޫން މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށްވަނީ ހުށަހަޅައިފައެވެ. އޭސީސީން ވިދާޅުވީ، މަޖިލީހުގައި ވަކި ބިލަކަށް ވޯޓް ދިނުމަށާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ހުރުމަށް ރިޝްވަތުގައި މަޙްލޫފް 33،000 ޑޮލަރު،  އެސްއޯއެފް ކިޔާ ކުންފުންޏަކުން ނެންގެވި ކަމަށެވެ. މިމައްސަލައިގައި މަހްލޫފް ވިދާޅުވެފައި ވަނީ ހިނގައިފައި ވަނީ ޑޮލަރު ރުފިޔާއަށް ބަދަލު ކުރުމުގެ މުޢާމަލާތެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަޙްލޫފް ވަނީ 2019 ވަނަ އަހަރު ފެބްރުއަރީ މަހު ވެސް ސަސްޕެންޑްކޮށްފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލައިފައި މިވަނީ ސާފް ޗެންޕިއަންޝިޕްގެ ދުވަސްވަރާ ދިމާކޮށްކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. ޖާނެ

    ބަލަގަ! ޝަރުޢީ ގޮތުން މައުޞޫމް ކަން ނުވަތަ ކުއްވެރިއެއް ކަމަށް ކަނޑަ އަޅަނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައިވަނީ ނަމަ ޝަރުޢީ ކޯޓް ތަކުގެ ބޭނުމެއް ނެތއް ނޫންތޯ؟

    ވީއިރު ރައީސް ޔާމީނު ޖަލުގައި ބަހައްޓައިގެނ ތިޔަ ކުރާ ކަމަކީ ސިޔާސީ ޙަޔާތް ބަރުބާދު ކުރުން ފިޔަވައި ދެން ކޮން ކަމެއްތޯ؟ މިސަރުކާރުންނޭ ހެޔޮނިޔަތުައި ވައްކަން ކުރެވޭ ކަމަށް ކަނޑައެޅީވެސް. ވީމާ، ބެރާ ލަވަޔަކާ ދިމަެއް ނުވޭ! ކޮން އިންސާފެއްތޯ ކަށަވަރުކޮށްދެނީ. ތިޔަ ކުރައްވާ ކަމަކީ ހުރިހާ ކަމެއްގެ އިން ފަހަނައަޅާ ސާރު ކުރުމެއްވެ. ވަަރަށް ހެއްވާ.

    ” ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
    ޚާލިޤުލް ކައުނައިނިވާކަން ނޭގެނީތަ ޢަޖައިބެކޭ “