ރެސިޕީ ލައިފްސްޓައިލް ސިއްޙަތު

ޑައިޓުގައި އުޅޭ ފަރާތްތަކަށް ހާއްސަ ހެނދުނުގެ ނާސްތާ ފޮނި ކާއެއްޗަކުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ފޮނި ކާއެއްޗަކުން ދުވަސް ފަށަނީ ކޮން ބައެއް ހެއްޔެވެ؟ ބައެއް ފަހަރު ޑައިޓުގައި އުޅޭއިރު ބްރޭކެއް ނަގައިލުމަކީ މައްސަލައެއް ނޫނެވެ. ތިމާއަށް މިނިވަންކަމާ އެކު ކޮންމެ އެއްޗެއް ކައިލުމުގެ އުފާ ލިބުމަކީ މުޅިން އެހެން ޒާތެއްގެ ހިތްހަމަޖެހުމެކެވެ. ފޮނި ކޮންމެ ކާއެއްޗަކީ ސިއްހަތައް ގެއްލުން ލިބެނިވި އެއްޗެއް ނޫނެވެ. ރަނގަޅު އިންގްރީޑިއެންޓާ އެކު ޑައިޓު ވެސް ގުރުބާން ނުކޮށް ނުވަތަ ސިއްހަތަށް ވެސް ގެއްލުމެއް ދިނުމެއް ނެތި ފޮނި ކާއެއްޗެއް ތައްޔާރުކޮށްލެވިދާނެއެވެ.

Ads by STELCO
Ads by Sosun Fihaara

ހިމަނާލަން މިއުޅެނީ ރެސިޕީއެކެވެ. މިއީ "ބޭކެޑް ޗޮކްލެޓް ޗިޕްސް އޯޓްސް" ކިޔާ ވަރަށް ސިއްހަތަށް ރަނގަޅު ފޮނި ކާއެއްޗެކެވެ.

އަޅަންޖެހޭ ބާވަތްތައް؛

  • ½ ދޮންކެޔޮ
  • ¼ ތަށީގެ އާމަންޑް ކިރު
  • 1 ބިސް
  • 1 މޭޒުމަތީ ސަމްސާ މާމުއި
  • 1 މޭޒުމަތީ ސަމްސާ ޕީނަޓް ބަޓާ
  • ½ ތަށީގެ އޯޓްސް
  • ¼ ސައި ސަމްސާ ބޭކިންގް ޕައުޑާ
  • 2 މޭޒުމަތީ ސަމްސާ ޗޮކްލެޓް ޗިޕްސް
  • ކުޑަ ފޮނިތޮށިކޮޅެއް
  • ކުޑަ ލޮނުކޮޅެއް

 

ތައްޔާރުކޮށްލަން މާ އުނދަގުލެއް ނޫނެވެ. ހުރިހާ ބާވަތެއް އެއްކޮށްލާށެވެ. އަދި އޮލަވެ މުޅިން އެކުވަންދެން އެގޮތުގައި ކުރިއަށް ދާށެވެ. އެއަށްފަހު އަވަނަށް ލާށެވެ. އަދި 180 ޑިގްރީގައި 25 މިނެޓުވަންދެން ފިހެލާށެވެ.

ހެނދުނުގެ ނާސްތާ ތިޔަހުރީ ތައްޔާރަށެވެ. ބޭނުންވާ ނަމަ ކޮފީ ނުވަތަ ކިރު ތައްޓަކާ އެކު ވެސް މި ޗޮކްލެޓް ޗިޕްސް ކައިލެވިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!