ޚަބަރު އިޖުތިމާޢީ

ޕިކަޕަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕިކަޕަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ވައްކަންކުރި ވީޑިއޯ އާންމުކުރަމުން ފުލުހުން ވިދާޅުވީ އެ ވީޑިއޯއިން ފެންނަ މީހުންނަކީ، 2021 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވައިފައި ވަނީ ވަގަށް ނަގައިފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ވަނީ އެނގިފައި ކަމަށެވެ.

މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497362 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!