215 ކިލޯގެ ހެރޮއިންއާ އެކު ދެ މީހަކު ހައްޔަރުކޮށްފި

215 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބުދަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝްނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިން ކަމަށެވެ.