ދުނިޔެ

ކެރަލާގައި ފެންބޮޑުވުން: އެތައް ބަޔަކު މަރުވެ، ބައެއް މީހުން ގެއްލިގެން ހޯދަނީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން ވިއްސަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި ކެރަލާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ކެރަލާ ތެރެއަށް ވަނީ ފެންގަނޑު ފައިބަން ފަށައިފައެވެ. ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތައް އޮޔާ ދިޔުމުގެ އިތުރުން، އެ ސްޓޭޓްގެ ކޮއްޓަޔަމް އަވަށުގައި އެތައް ބަޔަކު ވަނީ އެމީހުންގެ ގެތަކުގައި ތާށި ވެސް ވެފައެވެ.

ކެރަލާގައި ދަތުރު ކުރަމުންދާ ބަސްތަކުގެ އެތެރެއަށް ވެސް ފެން ވަނުމުން، އޭގައި ތިބި މީހުން ސަލާމަތް ކުރެވޭތޯ ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމު ވެފައެވެ.

މި ކާރިސާގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ކަންކަން ވެސް ވަނީ ދިމާވެފައެވެ. އަދި މި ކާރިސާގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ ދަތިތަކުންނާއި ގެއްލިފައިވާ މީހުން ހޯދައި ދިނުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން އޮޔާ ދިޔަ ގެއެއްގައި ތިބި ހަ މީހުންގެ އާއިލާއަކުން އުމުރުން 75 އަހަރުގެ އަންހެނަކާއި ކުޑަ ތިން ކުދިން ވަނީ މަރުވެފައެވެ.

މި ކާރިސާގެ ސަބަބުން އެތައް ބަޔަކު ގެއްލިފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo
  1. މުޑޭ

    އިންޑިޔާއިން ބީޖޭޕީ ވެރިކަމުގެ ބާރު ހޯދަން 30 މިލިޔަން މުސްލިމުން އެގައުމުން ނައްތާލުމަށް ކުރެވޭ އިންސާނިޔަތާ ހިލާފަށް އެތައް ކަމެއްގެ ނަތީޖާއެވެ. މިދުނޔެއިން އެއީއެއްވެސް ކަމަކައް ނަހަދާއޮތަސް ކާއިނާތުގެ އިލާހު ވޮޑިގެންވެއެވެ. އަދިވެސް ތިއަށްވިރެ ބޮޑެތިހާދިސާތައް ތިގައުމުގައި ހިގާނެކަމަށް ލަފާކުރެވެއެވެ. އިންޑިއާގައި އުޅޭ ހިންދޫން ނަކީ ތިމަންމެންގެ އިލާހަކީ ﷲ ބުނުމުން އެބައިމީހުން މަރަން ޖެހޭކަމައް ބުނާސަރުކާރެވެ. ނޫނީގައުމުން ބޭރުވާންޖެހޭ ބައެކެވެ. މިބިންމަތީގައި މިވަގުތު ައޮޔް އެއްމެ ނުލަފާގައުމަކީ އިންޑިޔާއެވެ ަ