ޚަބަރު

ފުލުހުންގެ ޚިދުމަތް އޮންނަންޖެހޭނީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައި: މަލީޙް

ރައުފާ ރަޝީދު ، ދެން އޮންލައިން
ކުރީގެ ޔޫތު މިނިސްޓަރ މަލީހް؛ފޮޓޯ ރަައްޔިތުްންގެ މަޖިލިސް

ފުލުހުންގެ ޚިދުމަތް އޮންނަންޖެހޭނީ ހޯމް މިނިސްޓަރގެ ބެލުމުގެ ދަށުގައި ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީ މިނިސްޓަރ ޑރ.މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީޙް މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަކިކުރުމާ ގުޅިގެންނެވެ.

މަލީޙް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް އޮންނަން ޖެހޭނީ ހޯމް މިނިސްޓަރގެ ބެލުމުގެ ދަށުގައި ކަމަށާއި އެކަން އޮންނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވުމުން ޖެންޑަރ މިނިސްޓަރަށް ނޫނީ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ހަވާލުކުރެވޭ ގޮތަކަށް ނޫން ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް"އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތްއޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން ވެސް އެ ސިޓީއާ އެކު ފޮނުއްވާފައިވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!