ދުނިޔެ

ރާނީ އެލިޒަބެތުގެ ސިއްޙީ ހާލުކޮޅު ދެރަވެ، އަރާމު ކުރަން ޑޮކްޓަރުން ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ ސިއްޙީ ހާލުކޮޅު ދެރަވެ، އަރާމު ކުރަން ޑޮކްޓަރުން ނަސޭހަތް ދީފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި ސީއޯޕީ26 ކްލައިމެޓް ޗޭންޖު ކޮންފަރެންސްގައި ބައިވެރިވުމަށް ޓަކައި، އުމުރުން 95 އަހަރުގެ ރާނީ އެލިޒަބެތު އަޔަރލޭންޑަށް މިއަދު އުޅުއްވީ ދަތުރުފުޅެއް ވެސް ކުރައްވަން ކަމަށެވެ. ނަމަވެސް ފާއިތުވީ ދުވަސްތަކުގައި ރާނީ އުޅުއްވަން ޖެހިވަޑައިގަތް ބުރަ ކަމުން، އެކަމަނާގެ ސިއްޙީ ހާލުކޮޅު ވަނީ ދެރަވެފައެވެ.

އެހެންކަމުން ޑޮކްޓަރުން އިރުޝާދު ދެއްވީ މި ދުވަސްކޮޅު ތަންތަނަށް ޒިޔާރަތް ނުކޮށް، ކުއީން އެލިޒަބެތު ގަނޑުވަރުކޮޅުގައި އަރާމު ކުރެއްވުމަށެވެ. އެހެންކަމުން އެ ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވަން އުޅުނު ދަތުރުފުޅު ވަނީ ކެންސަލް ކޮށްފައެވެ.

ކޮންފަރެންސްގައި ބައިވެރިވުމަށް އަޔަރލޭންޑަށް ޒިޔާރަތް ނުކުރެއްވޭތީ ރާނީ ހިތާމަކުރައްވާ ކަމަށާއި ނަމަވެސް އެކަމަނާގެ ގަނޑުވަރުކޮޅުގައި ހުންނަވައިގެން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބަކިންގްހަމް ޕެލަސްއިން މައުލޫމާތު ދެއްވައެވެ.

އިނގިރޭސިވިލާތުގެ ރާނީގެ ސިއްޙީ ހާލުކޮޅާ ގުޅޭގޮތުން ބައެއް ބޭފުޅުން ބުނެފައި ވަނީ އެކަމަނާއަށް ކޮވިޑް-19 ޖެހިވަޑައިގަތީ ކަމަށެވެ. ނަމަވެސް ޝާހީ ގަނޑުވަރުކޮޅުން މިވާހަކަތައް ދޮގުކުރެއެވެ.

ބަކިންގްހަމް ޕެލެސްގެ އޮފިޝަލަކު ބުނެފައިވަނީ ކުއީން އެލިޒަބަތަށް ކޮވިޑް ނުޖެހޭ ކަމަށާއި އެކަމަނާގެ ހާލު ސީރިއަސް ވެސް ނޫން ކަމަށެވެ. ނަމަވެސް ވަރުބަލިވުމާ އެފަދަ ކަންކަން ހުރުމުގެ ސަބަބުން އަރާމު ކުރަން ޑޮކްޓަރުން ނަސޭޙަތްތެރިވީ ކަމަށާއި އެހެންކަމުން ބޭނުންފުޅު ނުވެ ހުރެ ވެސް ޑޮކްޓަރުންގެ އިރުޝާދުތަކަށް ބޯލަނބަން ރާނީ ނިންމެވީ ކަމަށް ވެސް ބުންޏެވެ.

Ads by Ooredoo
  1. ތައްކާނު

    ކޮންމިއަސްދުވަހަކިމަރަވޭހެއް