ދީނަށް ވުރެ އެމްޑީޕީން ލޯބި ވަނީ ޕާޓީ ދެކެ: މޮސްޓާ
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ގައި ތިބޭނީ ޕާޓީ ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާލެއަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިއްޔެ ރޭ ވިދާޅުވުމުނެވެ.
ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކު ކޮންމެ އެއްޗެކޭ ކިޔަސް އެޕާޓީއަށް ނިސްބަވާ މެމްބަރުން ކަންބޮޑުނުވާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގައި ތިބޭނެ އެމްޑީޕީ ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށާއި އެމީހުން ދީނަށްވުރެ ވެސް ބޮޑަށް ލޯބިވާނީ އެމްޑީޕީގެ ލޯގޯއާއި އެމްޑީޕީ ދެކެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެމްޑީއެން ކަންތަކުގަ ވެސް ވަރަށް ގިނަ މީހުން ފެނުން ދެން ތިމަންނަމެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަމޭ. އަޅުގަނޑަށް ވެސް ފޭސްބުކް މެސެޖްކޮށްފަ ވަރަށް ގިނަ މީހުން ބުނި ދެން ތިމަންނަ، އެކަމަކު މިއަދު އަނެއްކާ ކައުންސިލާ ހަމައަށް ދިޔައިރު އަނެއްކާ ވެސް އެއްކަލަ އެމްޑީޕީ. ހިތާ ހިތުގެ ގުޅުމެކޭ އެހެން އެއްޗެކޭ ކިޔާފަ،" ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އިސްލާމުންގެ ކަލާނގެއަކީ މާތްﷲ ކަމަށާއި ނަމަވެސް އިންޑިއާގައި ފަދައިން އެމްޑީޕީގައި ވެސް ކަލަނގެއާއި "ގޯޑް" އިންނަ ކަމަށެވެ. އެގޮތުން ގޯޑް އިންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށްކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވެއްޖެނަމަ އެޕާޓީގެ މީހުން ކޮންމެ އެއްޗެއް ވެސް ގަބޫލުކުރާނެ ކަމަށެވެ.
އެހެންކަމުން، އެމީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދިފާއުގައި ތެދުވާނެ ބައެއް މެމްބަރުން އެމްޑީޕީގައި ތިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ،