މެދުއިރުމަތި ދުނިޔެ

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމުގައި އިސްރާއިލުން 3 ހާސް ގެ އަޅަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފަލަސްތީނުގެ ހުޅަނގު އައްސޭރީން އިސްރާއީލުން ފޭރިގަނެފައިވާ ބިމުގައި 3000 ގެ އެޅުމަށް އިސްރާއީލުން ފާސްކޮށްފިއެވެ.

Ads by WAMCO

އިސްރާއިލުން ބުނީ ފަލަސްތީނުގެ ވެސްޓް ބޭންކްގައި 1344، ހައުސިން ޔުނިޓު އެޅުމުގެ ޕްލޭންތައް ކުރެވެމުން ދާކަމަށާއި 1800 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ވެސް ފަށައިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވަނީ އިސްރާއީލުގެ މިއަމަލު ކުށްވެރިކޮށްފައެވެ. އަދި މި ނިންމުން ބަދަލު ކުރުވުމަށް ބައިނަލް އަގުވާމީ ގޮތުން ފަލަސްތީނަށް އެހީވުމަށް ވެސް މަހްމޫދް އައްބާސް ވަނީ ގައުމުތަކަށް ގޮވައިލައްވައިފައެވެ.

ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ފުރައްސާރަކޮށް އަނިޔާ ދެމުންނެވެ. އަދި ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބިންތައް ކަމުގައި ކަނޑަައަޅައި ފަލަސްތީނުގެ ބިންތައް ފޭރުމުގެ ޕްރޮފެގެންޑާތައް މެދުކެނޑުމެއް ނެތި އިސްރާއީލުން ގެންދަނީ ކުރިއަށެވެ. މި ޕްރޮފެގެންޑާގެ ދަށުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބިންތައް ކަމުގައި ކަނޑަައަޅައި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ހަނގުރާމަކޮށް ބޮޑެތި ގަތުލްއާއްމުތައް ދޭތެރެ ދޭތެރެއިން ހިންގައެވެ.

އިސްރާއީލުގެ އަނިޔާވެރި މި ޕްރޮފެގެންޑާގައި އެގައުމަށް އެންމެ ބޮޑަށް ވާގިވެރިވެދޭ ގައުމަކީ އެމެރިކާއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!