ޚަބަރު

10 ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން 10 ބިލެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

Ads by STELCO

މިއަދު ބަންޑާރަނައިބުގެ އޮފީހުން ބުނީ، މި އަހަރުގެ ފުރަތަމަ ދައުރުގައި މުޅިން އަލަށް އެކުލަވާލެވޭ 24 ބިލެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ 32 ބިލެއްވެސް މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅިގެން ދާނެއެވެ. އެ ބިލުތަކުގެ ތެރެއިން 10 ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މިހާތަނަށް ހުށަހެޅި ބިލްތައް

1- ނަފްސާނީ ސިއްހަތުގެ ބިލު.

2- ދިވެހި ފުލުހުންގެ ބިލް.

3- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.

4- ދިވެހިރާއްޖޭގެ އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

5- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.

6- ދިވެެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

7- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

8- ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.

9- އިންޝުއަރެންސާ ބެހޭ ބިލް

10- ތަފާސް ހިސާބުގެ ބިލް

އޭޖީ އޮފީހުން ބުނީ ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ 32 ބިލަކާއި މުޅިން އަލަށް ގާނޫނުތައް ހެދުމަށް 24 ބިލެއް ހިމެނޭ ގޮތުން 56 ބިލެއްް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ފޮނުވާނެ ކަމަށެވެ.

މިހާތަނަށް ނުފޮނުވާ ހުރި ބިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ޓެކްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި މީޑިއާ ކޮމިޝަންގެ ބިލެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!