ފިނޮޅަށް ކުރި ދަތުރެއްގައި ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެއްޖެ

ބ. ފިނޮޅަށް ކުރި ދަތުރެއްގައި ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސީޕްލޭން އެކްސިޑެންޓު ވީ ރިސޯޓެއްގެ ވޯޓާ ބަންގްލޯއެއްގައި ޖެހިގެންނެވެ.
ސީ ޕްލޭން އެކްސިޑެންޓްވީ އިރު އޭގައި ޕަސިންޖަރުން ވެސް ތިބިކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ސީޕްލޭނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގެ ސަބަބުން އެ ސީ ޕްލޭނުގައި ތިބި ޕަސިންޖަރުން މިހާރު ވަނީ އެއިން ބާލައިފައެވެ.
މި ހާދިސާއާ ގުޅިގެން ޓީއެމްއޭއާއި ފުލުހުން ބަހެއް އަދި ނުލިބެއެވެ.