ޚަބަރު

ޓީއެމްއޭގެ އެތައް ކެބިން ކުރޫންއެއްގެ އެއްބަސްވުން އާ ނުކޮށްދިން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައި މަސައްކަތް ކުރާ އެތައް ކެބިން ކުރޫންއެއްގެ ވަޒީފާގެ އެއްބަސްވުން އާ ކުރަން އެ ކުންފުނިން ދެކޮޅު ހަދައިފިއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޕްރީލްގެ ނިޔަލަށް ވަޒީފާގެ މުއްދަތު ހަމަވާ ކެބިން ކުރޫންގެ ތެރެއިން ވަޒީފާގެ އެއްބަސްވުން އާ ކުރަން ، އެ ކުންފުނިން ބޭނުން ނުވި މުވައްޒަފުންނަށް އެކަން އެންގީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭޕްރީލް މަސް ތެރޭގައި ވެސް މުވައްޒަފުންގެ އެއްބަސްވުން އާ ކުރާނެތޯ މުވައްޒަފުން ސުވާލު ކުރުމަށް އެކަން ކުރާނެ ކަމަށް ކުންފުނީން ވަނީ ޖަވާބު ދީފައެވެ. މި ގޮތަށް ކުއްލި ނިންމުމެއް ނިންމުމުގެ ސަބަބުން ވަޒީފާ ހޯދަން ދަތިވެ ، ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައެއް ކެބިން ކްރޫން ވަނީ "ދެން"އާ ހިއްސާ ކޮށްފައެވެ.

ޓީއެމްއޭއިން މީގެ ކުރީން ވެސް 400 އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް އުވާލައިފައެވެ.

މި ކަންކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗީފް ކެބިން ކްރޫއަށް ގުޅާލުމުން ، އެކަމުގެ މައުލޫމާތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ފޯން ކަނޑުއްވައިލައްވައިފައެވެ. އަދި ފަހުން ޖަވާބު ނުދެއްވުމުން އިތުރު މައުލޫމާތު ސާފުވާ ގޮތެއް ނުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!