ޚަބަރު

ޓީއެމްއޭ ގެ މަތިންދާބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓީއެމްއޭގެ ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓު ވެއްޖެއެވެ.

Ads by STELCO

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން (އެމްސީއޭއޭ) އިން މިކަން ހާމަ ކުރަމުން ބުނީ މި ބޯޓު އެކްސިޑެންޓްވީ މެދުފުށި ވޯޓަރ އޭރޯޑްރޯމް ގެ ވޯޓަރ ރަންވޭއަށް ޖެއްސުމަށްފަހު ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 11:18 ހާއިރުގައެވެ. އެކްސިޑެންޓު ހިނގިއިރު އެ ބޯޓުގައި 14 ފަސެންޖަރުންނާއި، ކްރޫން ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!