ޚަބަރު

ސްޓޭޓް މިނިސްޓަރު އަފްޒަލްގެ ޚިޔާނާތުގެ މައްސަލައެއް އޭސީސީން ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް އިބްރާހިމްގެ ޚިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

Ads by MWSC

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އަފްޒަލާ ގުޅޭގޮތުން ތަހުގީގު ކުރާ މައްސަލަ އަކީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުގައި މިދިޔަ ސަރުކާރުގައި އޭނާ އުޅުއްވިއިރު، 1.5 މިލިއަން ރުފިޔާއަށް ޚިޔާނާތް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެއީ ޔުނިސެފްގެ އެހީގައި ޗައިޑް ހެލްޕްލައިން ކޯލްސެންޓަރުު (1412) ގާއިމް ކުރުމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ައަފްޒަލްއާ ގުޅޭ އިތުރު މައްސަލައެއް ވެސް މި ހަފްތާގެ ތެރޭގައި ވަނީ ފެންމަތިވެފައެވެ. އެއީ އެޓާނީ ޖެނެރަލް އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާ އެއް ތައްޔާރުކުރުމަށް ޕްރީ ނެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިންމާފައިނުވާ މައްސަލައެވެ. އެއީ އަފްޒަލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ މަސައްކަތަށް ޚަރަދުވި ފައިސާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރު ކަމަށް އަފްޒަލް އައްޔަން ކުރެއްވި ދުވަސްވަރު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ އޭނާ އަކީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޝުއޫރު ފާޅުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!