ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މި ދުވަސްވަރު ގިނަކަން ފާހަގަކޮށްލެވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި
ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހާއްސަ އެހީ އަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު މެންދުރު 12:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by STO