ޚަބަރު

ޖަމީލް ،ޝާހިދަށް: ރައްޔިތުންގެ ފައިސާއިން ޚާރިޖީ ވަޒީރުގެ މުސާރަ ނަގަނީ ލަދެއް ނެތުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ ފައިސާއިން ހާރިޒީ ވަޒީރު އަބްްދުﷲ ޝާހިދު ،ވަޒީރުކަމުގެ މުސާރަ ނަންގަވަނީ ލަދެއް ނެތުމުން ކަމަށް ކުރީގެ ނާއިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރ ޝާހިދަށް އަމާޒުކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީއާ ޚިލާފަށް ޝާހިދު އދ ގައި ހުންނަވާއިރު އޭޖީއަށް ޙައްޤު ބަސް ވިދާޅުނުވެވެނީ ވަޒީފާގެ ބިރަށް ކަމަށެވެ. އަދި އެހެން ތަނެއްގައި ވަޒީފާގައި ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާއިން ޚާރިޖީ ވަޒީރުގެ ނަމުގައި މުސާރަ ނަގަނީ ލަދެއް ނެތުމުން ކަމަށާއި ޤާނޫނީ ޚާރިޖީ ވަޒީރެއް މިހާރަކު ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫން މަހުގެ 7ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.

  1. މުހަންމަދު

    މާތްﷲ އަށްް ބިރެއްގެ ކަންފުޅެއްވެސް ނެތް.